ރައީސް ޔާމީން އަބްދުލްޤައްޔޫމް ފޮށި ތަންމަތި ބެންނެވުމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް ޖަލްސާއަށް މަޖްބޫރުން އެއްކުރި މީހުން ފެނިފާ ޔާމީން އަބްދުލްޤައްޔޫމް ހޮވިއްޖެ ކަމަށް އިއުލާން ކުރި ކަމަށެވެ.
PPM reyge jalsaa ah majboorun ekkuri meehun fenifaa YAG hovijje kamah iulaan kuri. Dhivehin thibee YAG verikamun baalan keiy madhuvefaa kamaa iththihadhaa eku @ibusolih & @FaisalNasym ge fahaiypulhugai kan mirey fenuneemaa dhen bunaanee keekeybaa? Yamin foshi thanmathi bannavaa! pic.twitter.com/RvkkAMTFZx
— Ameen Ibrahim (@ameenmaldives) September 8, 2018
މާލޭ ކާނިވާ ސަރަހައްދުގައި ގުޅިފައިވާ އިއްތިހާދުން ބޭއްވި ބޮޑު ޖަލްސާއަށް އިޝާރާތް ކުރައްވާ އަމީން ވަނީ ދިވެހިން ތިބީ ޔާމީން އަބްދުލްޤައްޔޫމް ވެރިކަމުން ބާލަން ކެތްމަދުވެފައި ކަމަށާއި އިއްތިހާދާއިއެކު އިބްރާހީމް މުހައްމަދު ސޯލިހް އަދި ފައިސަލް ނަސީމްގެ ފަހަތްޕުޅުގައި ކަން ފެނުނީމަ ދެން ބުނާނީ ކީކޭތޯ ސުވާލު ކުރައްވާފައެވެ.
އަމީންގެ ޓްވީޓްގައި ވަނީ ކާނިވާ ސަރަހައްދު އެތައް ހާސް ރައްޔިތުންނެއް ގޮސް ޖަލްސާގައި ފުރާލާފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ހިމަނުއްވާފައެވެ.