Last Updated: June 8, 18:49
Monday, June 8, 2026
ޚަބަރު

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ ހޮވައިފި

މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އޭނާގެ ލޯބިވެރިޔާއާއެކު . ފޮޓޯ: ވީނިއުސް

ރާއްޖެ އަށް މިއަހަރު ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔަކަށް ހޮވުނީ އެމެރިކާގެ މީހެކެވެ.

އެމެރިކާގެ ފިރިހެން މީހާ، އޭނާގެ ލޯބިވެރިޔާއާ އެކު މިއަދު ރާއްޖެއަށް ޒިޔާރަތް ކުރުމުން ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވަނީ އޭނާއަށް މަރުހަބާ ކިޔުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

އެމެރިކާ މީހާ ރާއްޖެ އައީ މީރު އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށެވެ.

މި ފަތުރުވެރިޔާއަށް ވަނީ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ދިނުމަށް ހަމަޖެހިފައިވާ ހަދިޔާތައް ކަމަށްވާ މޫވެންޕިކުން ދިން ޗުއްޓީ ޕެކޭޖާއި، ދިރާގުގެ 100 ޖީބީގެ ޑޭޓާ ޕެކޭޖަކާއި، ޓީއެމްއޭ އިން ދިން ދަތުރެއް ހަދިޔާކޮށްފަ އެވެ.

ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުން މިފަހަކަށް އައިސް ގެންދަނީ ކޮންމެ އަހަރަކު ވެސް ފާހަގަކުރަމުންނެވެ. މި އަހަރުގެ ނަސީބުވެރިޔަކީ އެމެރިކާގެ މި ފިރިހެން މީހާއެވެ.