މާލޭގައި އިދިކޮޅު ފަރާތްތަކަށް ދެން އިތުރު ޖަލްސާއެއް ބާއްވަން ހުއްދަ ދޭން ސަރުކާރަށް ނުކެރޭނެ ކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ޖަލްސާއަށް އިޝާރާތް ކުރައްވާ ކުރިންވެސް ހުއްދަ ނުދެނީ މިހެން ވެގެން ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.
އެ ބޭފުޅާ ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ދެން ސިވިލް ސާވަންޓުންނަށް ބިރު ދައްކާފަ ޒުވާނުންނެއް ނެތޭ ބުނަމުންދާ ކަމަށެވެ. ހުރިހާ އުމުރެއް، ހުރިހާ ޖިންސެއް، އެ ދައްކާ ބިރަށް ބެލުމެއްނެތި ނިކުންނަމުންދާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
Male’ ga dhevana jalsaeh baahvan hudha dheykah nukereyne, kurinves hudha nudheni mihenve, dhen civil servants ah birudhakkafa mibunani zuvaanun neh nethey, huriha umureh huriha jinseh thidhakka birah belumeh nethi edhani nikunnamun. Dhen ithurakah thimaage asleh nuforuveyne IA.
— Ali Zahir (alipi) (@alixahir) September 8, 2018
"މާލޭގަ ދެވަނަ ޖަލްސާއެއް ބާއްވަން ހުއްދަ ދޭކަށް ނުކެރޭނެ، ކުރިންވެސް ހުއްދަ ނުދެނީ މިހެންވެ، ދެން ސިވިލް ސާވަންޓްސް އަށް ބިރުދައްކާފަ މިބުނަނީ ޒުވާނުންނެއް ނެތޭ، ހުރިހާ އުމުރެއް ހުރިހާ ޖިންސެއް ތި ދައްކާ ބިރަށް ބެލުމެއްނެތި އެ ދަނީ ނިކުންނަމުން. ދެން އިތުރަކަށް ތިމާގެ އަސްލެއް ނުފޮރުވޭނެ އިންޝާ ﷲ" އަލީ ޒާހިރު ވިދާޅުވިއެވެ.
ރޭ ބެއްވިގެން ދިޔަ ބޮޑު ޖަލްސާގައިވަނީ އެތައް ހާހުން މީހުން ބައިވެރިވެފައެވެ. އެ މަންޒަރު ފެނުނު ކޮންމެ ބަޔަކު ހައިރާންވާހާ ވިއެވެ. އިދިކޮޅު ކެންޑިޑޭޓަށް އޮތް ސަޕޯޓް ވަރަށް ރަނގަޅަށް ރޭގެ ޖަލްސާއިން ފެނިގެން ދިޔައެވެ.