ހައްގު ބަސް ބުނުމަށްޓަކާ ވަކި ތަނެއް ނުވަތަ ވަކި ޕޯޑިއަމެއް ކަނޑައެޅުމަކީ ވެސް ދީން ހިމާޔަތް ކުރުންތޯ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސައިން ސުވާލު ކުރައްވައިފިއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ހައްގު ބަސް ބުނަންޖެހޭ ވަގުތު އެއްވެސް މަޤްބޫލު އުޒުރެއް ނެތި ހައްގުބަސް ނުބުނެ ހަނު ހުރުމަކީ ހައްގު ވަންހަނާ ކުރުންކަމަށް ނުވަނީ ކީއްވެތޯ ވެސް ޝެއިޚް އިލްޔާސް ވަނީ ސުވާލު ކުރައްވާފައެވެ.
Haggubas bunumattakai vaki thaneh, nuvatha vaki podiumeh kandaelhumakeeves Dheen himaayahkurunthoa?
Haggubas bunanjehey vaguthu evves magboolu uzurehnethi haggubas nubune hanuhurumakee haggu vanhanaakurunkamah nuvaneeba? mi e konkahala insaafehthoa? pic.twitter.com/b35vKvRVRy— Ilyas Hussain (@shkilyas) September 9, 2018
"ހައްގު ބަސް ބުނުމަށްޓަކާ ވަކި ތަނެއް، ނުވަތަ ވަކި ޕޯޑިއަމެއް ކަނޑައެޅުމަކީ ވެސް ދީން ހިމާޔަތް ކުރުންތޯ؟ހައްގު ބަސް ބުނަންޖެހޭ ވަގުތު އެއްވެސް މަޤްބޫލު އުޒުރެއް ނެތި ހައްގުބަސް ނުބުނެ ހަނު ހުރުމަކީ ހައްގު ވަންހަނާ ކުރުންކަމަށް ނުވަނީ ކީއްވެތޯ؟ މިއީ ކޮންކަހަލަ އިންސާފެއްތޯ؟" ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.
މި ޓްވީޓްގައި އިލްޔާސް ވަނީ ކީރިތި ޤުރުއާނުގެ ސޫރަތުލް ބަޤަރާގެ އާޔަތަކާއި އޭގެ މާނަ ހިމެނޭ ފޮޓޯއެއް ހިމަނުއްވާފައެވެ. އެ އާޔަތުގެ މާނައިގައި ވަނީ " ހަމަކަށަވަރުން ބަޔާން ވެގެންވާ ހެކިތަކާއި ތެދުމަގުގެ ތެރެއިން ތިމަންރަސްކަލާނގެ އެފޮތުގައި ބަޔާންކޮށް ދެއްވުމަށްފަހު، އެތަކެތި ވަންހަނާ ކުރާމީހުން (ދަންނާށެވެ!) އެއުރެންނަށް ﷲ ލަޢުނަތް ލައްވާނެތެވެ.އަދި ލަޢުނަތް ދޭ މީހުންވެސް އެއުރެންނަށް ލަޢުނަތް ދޭނެތެވެ." މި ފަދައިންނެވެ.