Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރު ކަމުން ސިނާން ވަކިކޮށްފި

ފޮޓޯ: ސޯޝަލްމީޑިއާ

އެމްޑީއޭ ކައުންސިލް މެންބަރު ސިނާން އަލީ އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރުކަމުން ވަކި ކޮށްފިއެވެ.

ސިނާން އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރު ކަމުން ވަކިކޮށްފައި ވަނީ މި މަހުގެ ހަތަރުވަނަ ދުވަހުގައި ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް ބޯޑު މެންބަރު ކަމުން އޭނާ ވަކި ކުރި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ސިނާން ވިދާޅުވެފައިވާ ކަމަށް އޮންލައިން ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ސިނާން އައިލެންޑް އޭވިއޭޝަންގެ މެންބަރު ކަމުން ވަކިކޮށްފައި މި ވަނީ، ވެރިކަން ކުރާ ޕީޕީއެމްއާއި އެމްޑީއޭއާ ދެމެދު އޮތް ގުޅުން ހީނަރު ވެފައިވާ ކަމަށް އަޑު ފެތުރިފައިވާ ދުވަސްވަރެއްގައެވެ. އަދި ޕީޕީއެމްއާއެކު ހަދާފައިވާ ކޯލިޝަންގެ އެއްބަސްވުން ކުރިއަށް ނުގެންދަން އެ ޕާޓީން ނިންމާފައިވާ ކަމަށް ވެސް އަޑު ފެތުރިފައި ވެއެވެ. އެހެން ނަމަވެސް އެ ދެ ޕާޓީން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.