Last Updated: June 8, 18:49
Monday, June 8, 2026
ޚަބަރު

ކިހާ ދެރަކަމެއް! އަޅުގަނޑުމެން ނޫޅެމޭ ސައިޒު އޮޅިގެނެއް: މާރިޔާ

ފޮޓޯ: ދަޕްރެސް

އިދިކޮޅުން ސައިޒް އޮޅިގެން ނޫޅޭކަމަށް ވިދާޅުވެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު މާރިޔާ ދީދީ، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާނަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

މާރިޔާ، ނިހާނަށް ރައްދު ދެއްވާފައިވަނީ އާދީއްތަ ދުވަހު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މާރިޔާ ނިހާނަށް ރައްދު ދެއްވާފައި މިވަނީ އަންނަ ހަފްތާގެ ތެރޭގައި ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބާއްވާ އަސްލު ސައިޒު ދައްކާލާނެ ކަމަށް ނިހާން ވިދާޅުވުމާއި ގުޅިގެންނެވެ.

މާރިޔާގެ ވިދާޅުވީ "ކިހާ ދެރަކަމެއް! ރަސްމީ ސައިޒާއި ނުރަސްމީ ސައިޒު ބަޔަކު ގަދަކަމުން ނެރެގެން ދައްކާކަކަށް ނުޖެހޭ. އަޅުގަނޑުމެން ނޫޅެމޭ ސައިޒް އޮޅިގެނެއް". ކަމަށެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ ޒުވާނުން ތިބީ އިދިކޮޅު ފަރާތްތަކާއި އެކު ކަމަށް އެ ބޭފުޅުން ހީފުޅުކުރެއްވި ނަމަވެސް، އެމްޑީޕީގެ ފިކުރުގެ ތެރެއިން ދިވެހި ޒުވާނުން ދަތުރު ކުރި ޒަމާން މާޒީވެ ނިމިއްޖެކަން ހަފްތާއެއްގެ ތެރޭގައި ވަރަށް ސާފުކޮށް ހާމަކޮށްދޭނެ ކަމަށެވެ.

ނިހާންގެ ސައިޒް ދައްކާލާ ވާހަކައަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު މަހްލޫފް ވެސް ވަނީ ރައްދު ދެއްވާފައެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ " ބްރަދާ ނިހާން، އަޅުގަނޑުމެންގެ ރަސްމީ ސައިޒް ދައްކާލާނީ ﷲ އިރާދަފުޅާއެކު 23 ސެޕްޓެމްބަރު ގަ" މިހެންނެވެ.