Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ވަށްބުރު ނަގާލާތީ ރައްޔިތުން ނުރުހިފައި

އައްޑޫ ސިޓީގެ ހިތަދޫ ބޮޑު މަގު ނިމޭ ހިސާބުގައި އޮންނަ ވަށްބުރު އެއްވެސް ސަބަބަކާ ނުލާ ތަޅައި ހަލާކުކޮށް ނަގާތީ ރައްޔިތުން ނިކުމެ ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ހިތަދޫ ޝީޝާ ފިހާރަ ކައިރީ ހަދާފައި ހުރި މިވަށް ބުރަކީ އީސީސީ މަގަށް ތަންދިނުމަށާއި ސަލާމަތީ ގޮތުން މަގުގައި ދުއްވާ ފަރާތްތަކުގެ ރައްކާތެރި ކަމަށްޓަކައި ހަދާފައިވާ ބުރެކެވެ.

ނަމަވެސް އެއްވެސް ސަބަބެއް އެންގުމެއް ނެތި މިއަދު ކުއްލިއަކަށް ވަށް ބުރު ތަޅާލާފައި މިވަނީ އޭގެ މެދުގައި ހުރި މަގު ބައްތީގައި އިއްތިހާދުގެ ކުލަތައް ހިމެނޭ ފޮތި ދަމާފައި ހުރުމުން ކަމަށް އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް ތުހުމަތު ކުރެއެވެ.

ޔަސްރިފް ވިދާޅުވީ ރީނދޫ ފޮތި ދަމާފައި ހުރުމުން މިހާ އަސަރު ކުރާ ނަމަ ބުރު ހަލާކުކޮށްނުލާ ފޮތިގަނޑު ނެގިނަމަ މާ ރަނގަޅުވީސް ކަމަށެވެ. މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.