Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އީސީ އަކީ ވައްކަމުގެ ހާއްޔެއް: މުސްތަފާ

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވޯޓުލުމުގެ ހައްގަށް އަރައިގަންނަމުންދާ ކަމަށާއި އެކޮމިޝަނަކީ ވައްކަމުގެ ހާއްޔެއް ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މުސްތަފާ ވަނީ އީސީއާއި ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އީސީއިން މިދޭތެރޭން ކުރި ކަމަކީ ދުވަހަކު ވެސް ރާއްޖެއިން ބޭރަށް ނުދާ މީހުން ލަންޑަން، ޕެރިން އަދި ނިއުޔޯކް އަށް ރަޖިސްޓްރީ ކުރީ ކަމަށާއި، މިހާރު ކުރާ ކަމަކީ ރަށްރަށުގެ ރައްޔިތުން މާލެއަށް ރަޖިސްޓްރީ ކުރުން ކަމުގައި މުސްތަފާ ވިދާޅުވެފައިވެއެވެ. "ކޮބާ ކަލޯމެންގެ ލަދު" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާގެ އިތުރު ޓްވީޓެއްގައި އޭނާ ވަނީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އެމީހުންނަށް ނޭނގި މާލެއަށް ވޯޓު ރަޖިސްޓްރީ ކުރަމުންދާ ކަމަށާއި އެއީ ވޯޓުގެ ހައްގަށް އަރައިގަތުމަށް އިލެކްޝަނުން ފާޅުގައި ކުރާ ބޮޑު ވައްކަމެއް ކަމުގައި ވެސް ބުނެފައިވެއެވެ.

ރީ-ރެޖިސްޓްރީ ކުރުމުގައި އީސީއިން އަމަލު ކުރައްވާ ގޮތްތަކާއި މެދު ގިނަ ބައެއްގެ ހިތްހަމަނުޖެހުން ދަނީ އެ މުއައްސަސާއަށް އަމާޒު ވަމުންނެވެ.