މިހާރު ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަ މަންޒަރު ތަކުން ވޯޓާ ކުޅެން ސަރުކާރުން މަސައްކަތް އެބަ ކުރާ ކަމަށާއި އެފުރުސަތު ދީގެން ނުވާނެ ކަމަށް ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވެއްޖެއެވެ.
އިބޫ މިހާރު ކެމްޕޭނު ދަތުރުފުޅެއްގައި ނ އަތޮޅު މާފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ ފައިސާއިން ވައްކަން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކުރި ބަޔަކަށް ވޯޓުން ވައްކަން ކުރެވުނަ ދީގެން ނުވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވަމުން އަންނައިރު ކުރަން ޖެހިފައިވާ މަސައްކަތް ބައިވަރުކަމަށް އިބޫ ވިދާޅުވިއިރު އިންތިޚާބަށް ފުރިހަމައަށް ތައްޔާރުވެ ތިބުމަށް އިބޫ ވަނީ އެރަށު އިދިކޮޅު ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އަދި މިފާއިތުވެދިޔަ ފަސް އަހަރަކީ ރާއްޖެ ތާރީޚު ދުށް އެންމެ އަނިޔާވެރި ފަސް އަހަރު ކަމަށާއި އެކަން ތަކުރާރުކުރުމަށް ރައްޔިތުން ފުރުސަތު އަރުވައިގެން ނުވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.