މާލެ، ހުޅުމާލެ އަދި ބްރިޖް ހުރަސްކޮށް ދަތުރުކުރާ ޓެކްސީ ކާރު އަދި ސައިކަލް ޓެކްސީ ތަކުން ޕެސެންޖަރުންގެ އަތުން ނެގޭނެ އެންމެ މަތީއަގު މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން ކަނޑައަޅައިފި އެވެ.
އެ އޮތޯރިޓީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާލެ އާއި ހުޅުލެ އާއި ދޭތެރޭ އަދި ހުޅުމާލެ އާއި ހުޅުލެ އާއި ދޭތެރޭ ދަތުރަކަށް ނެގޭނެ އެންމެ މަތީ އަގަކީ 35ރ. ކަމަށާއި، މާލެ އާއި ހުޅުމާލެ އާއި ދޭތެރޭ ދަތުރަކަށް ނެގޭނެ އެންމެ މަތީ އަގަކީ 40ރ. ކަމަށެވެ.
އަދި އާންމު އުސޫލުގެ މަތިން މެންދަމު 00:00 އާއި ހެންދުނު 06:00 އާއި ދެމެދު ކުރާ ދަތުރުތަކަށާއި، ޑިކީއަށް ދާގީނާއެއް އަރުވައިގެން ކުރާ ދަތުރުތަކަށް ދަތުރުފީގެ އިތުރުން 5ރ. ނެގޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ސައިކަލް ޓެކްސީގައި ނަމަ މާ މާލެ އާއި ހުޅުލެއާއި ދެމެދު އަދި ހުޅުމާލެއާއި ހުޅުލެއާއި ދެމެދު ދަތުރަކަށް ނެގޭނެ އެންމެ މަތީ އަގަކީ 15ރ. ކަމަށާއި، މާލެ އާއި ހުޅުމާލެ އާއި ދޭތެރޭ ދަތުރަކަށް ނެގޭނެ އެންމެ މަތީ އަގަކީ 20ރ. ކަމަށްވެސް އެ އޮތޯރިޓީ އިން ބުނެއެވެ.