Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ކުރީގެ ފިލްމީ ތަރި ހައްޖަ ނިޔާވެއްޖެ

ހައްޖަ އޭނާގެ ފިރިމީހާ އާއެކު. ފޮޓޯ: ސޯޝަލް މީޑިއާ ފޭސްބުކް

އެޓޯލްސް ޑްރާމާ މުބާރާތުން ތަޢާރަފުވެ ބެލުންތެރިންގެ މަގްބޫލްކަން ހޯދި ކުރީގެ ދިވެހި ފިލްމީ ތަރި ހަދީޖާ (ހައްޖަ) ނިޔާވެއްޖެއެވެ.

ހައްޖަ ނިޔާވެފައި ވަނީ 10 ސެޕްޓެމްބަރު ވީ ހޯމަ ދުވަހުގެ ރޭ 8:35 ހާއިރު އިންޑިއާގެ އަމްރީތާ ހޮސްޕިޓަލްގައި ކަމަށް އޭނާގެ ފިރިމީހާ މުހައްމަދު އަސްލަމް އާއި ހަވާލާދީ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ހައްޖަ ނިޔާވީ ލިވަރ ޓްރާންސްޕްލާންޓް ހެދުމަށް ފަހު އިންފެންޝަން އުފެދިގެން ފަރުވާދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

އުމުރުން 40 އަހަރުގެ ހައްޖަ އަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދާތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އޭނާގެ ފިރިމީހާ މައުލޫމާތު ދެއެވެ.

އެޓޯލްސް ޑްރާމާ ކުޅެގެން އެވޯޑްތައް ހާސިލް ކޮށްފައިވާ ހައްޖަ ވަނީ ގިނަ ވީޑިއޯ ލަވަތަކުން ވެސް ފެނިގެން ގޮސްފައެވެ.