ފުލުހުންނާއި ގުޅޭގޮތުން ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަވާފައިވާތީ އެކަން ތަހްގީގުކޮށް ސާބިތުވެެއްޖެ ނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މިއަހަރުގެ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު ނ. މާޅެންދޫގައި ފުލުހުން ބަދުނާމުކޮށް އިބޫ ދައްކަވާފައިވާ ވާހަކަތައް ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.
ޝިފާން ވިދާޅުވީ ފުލުހުންގެ އަގު ވައްޓާލުމަށް ހަގީގަތާއި ހިލާފަށް ދެއްކި ވާހަކަތައް ތަހްގީގުކޮށް އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަށް ފުލުހުން ފަސް ނުޖެހޭނެ ކަމަށެވެ.
ތަފްސީލް އަންނަނީ….