Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ކާނަލް ނާޒިމް ފްރޭމް ކުރީ އަޅުގަނޑު ބޭނުންކުރި ފިސްތޯލައިން: އަދީބު

ކުރީގެ ޑިފެންސް މިނިސްޓަރ، ކާނަލް ނާޒިމް ފްރޭމްކޮށްފައިވަނީ ސިފައިންގެ ޝޫޓިން ގެލެރީގައި ބޭނުންކުރި ފިސްތޯލައިން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ސަރުކާރުގައި ހިނގާދިޔަ ކަންތައްތަކުގެ ހަގީގަތް ހާމަކުރެއްވުމަށް ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނެރުއްވި ދެވަނަ ބަޔާނުގައި ވަނީ ނާޒިމް ފްރޭމްކުރުމުގެ ތަފްސީލު ހާމަކޮށްފައެވެ.

އަދީބު ވަނި މީގެ ކުރިންވެސް ނާޒިމްގެ ގެއިން ފެނުނު ފިސްތޯލާ ބެހޭ އެއްވެސް ކަމެއް ނާޒިމްއަށް ނޭނގޭނެ ކަމަށާއި ޝަރުއީ ކޯޓެއްގައި އެކަމަށް ހެކިބަސް ވެސް ދޭނެ ކަމަށް ވިދާޅުވެފައެވެ.

މިއަދު ނެރުނު ބަޔާނުގައި އަދީބު ވިދާޅުވީ ޝޫޓިން ގެލެރީގައި އެމަނިކުފާނު ބޭނުން ކުރެއްވި ފިސްތޯލާ އެދުވަހު ޕްލާސްޓިކް ކޮތަޅަކަށް ލެވުނު ކަމަށެވެ. އަދި ރައްޔިތުންގެ މަގްބޫލުކަން ނާޒިމަށް އިތުރުވާން ފެށުމުން އެ ފިސްތޯލަ ނާޒިމްގެ ގޭތެރެއިން ފެނުނު ކަމަށް ބުނެ ފްރޭމް ކުރި ކަމަށް އަދީބު ވިދާޅުވިއެވެ.