Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ވެރިންނޭވެ! ރައްޔިތުންނަށް އޯގާތެރިވާށެވެ: ޝައިޚް އަނީލް

ފޮޓޯ: ވީއެފްޕީ

ރައްޔިތުންނަށް އޯގާތެރިވުމަށާއި އަނިޔާވެރި ނުވުމަށް ޝައިޚް މުޙައްމަދު އަނީލް އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޝައިޚް އަނީލް ވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް، ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ގެކޮޅުގައި އެ ދުޢާ ކުރައްވަނިކޮށް އަޑުއެއްސެވި ކަމަށް އެ ކަމަނާ ވިދާޅުވެފައިވާ ދުޢާއެއް ޓްވިޓާގައި ހިއްސާ ކުރައްވާ ނަބަވީ އެ ދުޢާ ހަނދުމަކުރެއްވުމަށް ގޮވާލައްވާފައެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކުރެއްވި ދުޢާގެ މާނައިގާ ވަނީ " ހައްދަވާ ގެންގުޅުއްވާ އިލާހު! ތިމަން ނަބިއްޔާގެ އުއްމަތުގެ ވެރިކަމަށް އިސްވެ، މީސްތަކުންނަށް ދަތިއުނދަގޫތައް ކޮށްފި މީހާއަށް އިބައިލާހު ދަތިއުނދަގޫ ކުރިމަތި ކުރައްވާނދޭވެ!" މިފަދައިންނެވެ.

ޝައިޚް އަނީލްގެ ޓްވީޓްގައި ވަނީ ﷲ އެމީހަކަށް ދަތިއުނދަގޫ ގޮތް ކުރިމަތި ކުރައްވައިފި މީހަކަށް އެހީތެރި ވެވޭނެ އެއްވެސް ފަރާތެއް ނުވާހުށިކަމަށެވެ.