Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

މާޅޮހުގައި ދަމާފައި ހުރި "ވަގަކަށް ހާސް ދުވަސް" ބެނާއެއް ފުލުހުން ނަގައިފި

މާޅޮހުގައި އިދިކޮޅު ފަރާތްތަކުން ދަމާފައިވަނިކޮށް ފުލުހުން ނެގި ބެނާ: ފޮޓޯ - ވީއެފްޕީ

ބ. އަތޮޅު މާޅޮހުގައި އިދިކޮޅު ފަރާތްތަކުން ދަމާފައިވާ ބެނާއެއް އެންގުމެއް ނެތި ފުލުހުން މިއަދު ނަގާފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ނަގާފައިވަނީ، "ވަގަކަށް ހާސް ދުވަސް، ރައްޔިތުންނަށް އެއް ދުވަސް" ލިޔެފައިވާ ރީނދޫ ކުލައިގެ ބެނާއެކެވެ.

ފުލުހުން މި ބެނާ ނެގި ސަބަބެއް ބެނާ ހަރުކުރި ފަރާތަށް އަންގާފައެއް ނުވެއެވެ. ނަމަވެސް އެރަށު ކައުންސިލުން، މި ބެނާ ނެގުމަށް އަންގާފައިވާތާ ދެ ދުވަސް ވެދާނެ ކަމަށް ރަށުން މައުލޫމާތު ދިން އިދިކޮޅު ސަޕޯޓަރަކު ކިޔާ ދީފައިވެއެވެ.

އެފަރާތުން ބުނެފައިވަނީ ބެނާއަކީ ހަރު ބަހަކުން ނަކަލު ކުރެވިގެން ހަދާފައިވާ ބެނާއެއް ކަމަށެވެ. އަދި ބެނާ ނެގީ ވަގެކޭ ޖަހާފައި އޮތުމުން ކެތް ނުކުރެވިގެން ކަމަށް ބެލެވޭ ކަމަށް އޭނާ ބުނެފައިވެއެވެ.