Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ލިސްޓު ގަބޫލުކޮށް ދެފަރާތުން ވެސް ސޮއިކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓުގައި އިންތިޚާބުގައި ބައިވެރިވެފައިވާ ޕީޕީއެމް އަދި އެމްޑީޕީން ވެސް ސޮއިކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ވޯޓާސް ލިސްޓުގައި ސޮއިކުރަން އޮތް އެންމެ ފަހު ދުވަހަކަށް މިއަދު ވެފައިވާއިރު އީސީން ބުނެފައިވަނީ އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ.

އިންތިޚާބުގައި ބައިވެރިވާ ދެ ކެންޑިޑޭޓުންނަށް ވެސް ކޮންމެ ބޭފުޅެއްގެ ފަރާތުން 25 މަންދޫބުންނަށް ލިސްޓުގައި ސޮއިކުރެވޭނެއެވެ.

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވޯޓާސް ލިސްޓު ފަހު ވަގުތު އާންމުކޮށް ސޮއި ކުރަން ހުށައެޅިޔަސް ސޮއި ނުކުރާނެ ކަމަށް ކުރިން ވިދާޅުވެފައެވެ.

ނަމަވެސް އީސީން ލިސްޓު ވޯޓަށް ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް އޮތްވާ ލިސްޓު އާންމުކޮށްފައިވުމުން އިބޫގެ ފަރާތުން ވެސް ވަނީ ލިސްޓުގައި ސޮއިކޮށްފައެވެ.