Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ޤައުމީ ފުޓުބޯޅަ ޓީމަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ސާފް ސުޒުކީ ކަޕް 2018 ގެ ފައިނަލަށް ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ދަތުރު ކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ބަންގުލަދޭޝްގައި މިހާރު ކުރިއަށްދާ އެ މުބާރާތުގެ ސެމީ ފައިނަލްގައި ދިވެހިރާއްޖެއާއި ނޭޕާލް މިއަދު ކުޅުނު މެޗް ދިވެހިރާއްޖެއިން ވަނީ 0-3 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ.

ރައީސް ޔާމީން ވަނީ ނޭޕާލު ބަލިކޮށް، ސާފު ސުޒުކީ ކަޕުގެ ފައިނަލަށް ދިއުމުން ޤައުމީ ޓީމުގެ އެންމެހާ ކުޅުންތެރިންނަށާއި ޓީމުގެ އެންމެހާ އޮފިޝަލުންނަށް މަރުހަބާ ދަންނަވާފައެވެ.

މިއީ މިމުބާރާތުގެ ފައިނަލުން ރާއްޖެ ޖާގަ ހޯދީ ފަސްވަނަ ފަހަރަށް ވާއިރު، ނުވަ އަހަރަށްފަހު ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ރާއްޖެ ފުރުޞަތު ހޯދީ ހުރިހާ ގޮތަކުން ސްރީލަންކާއާ އެއްވަރުވެ ގުރުއަތުލައިގެންނެވެ.