Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ގާނޫނީ ވަކީލް ހުސައިން ޝަމީމް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި

ޕީޖީ ހުސެއިން ޝަމީމް - ފޮޓޯ: ސަން

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ރައީސް މައުމޫންގެ ޤާނޫނީ ވަކީލު ހުސެއިން ޝަމީމް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

ކޯޓަށް ހާޒިރުވާން އަންގާ ޝަމީމަށް ފޮނުވާފައިވާ އަމުރުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ބޭނުމަކަށް 13 ސެޕްޓެމްބަރު 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހާޒިރުވާން އަންގާ ކަމަށެވެ.

އެހެންނަމަވެސް ޝަމީމް ސުޕްރީމް ކޯޓަށް ހާޒިރު ކުރާ ވަކި ސަބަބެއް އަދި އެނގިފައި ނުވެއެވެ.

ޑީޖޭއޭ އިން ވަނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ޝަމީމް ސަސްޕެންޑްކޮށްފަ އެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި ހުންނަވަނިކޮށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ކުރި ސަސްޕެންޝަން އުވާލީ މި އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.

މީގެ އިތުރުން ފުލުހުން ތަހުގީގުކުރަމުން ގެންދިޔަ، މައްސަލައަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ވެސް ވަނީ ޝަމީމް ސަސްޕެންޑްކޮށްފަ އެވެ. އެ ސަސްޕެންޝަން އުވާލާފައިވަނީ ޖުލައި މަހުގެ 12ގަ އެވެ.