Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ޝެއިޚުންގެ ފޮޓޯޖެހި ފޭކް ލިސްޓެއް ނެރެގެން ވެއްޓުނީ އަމިއްލަ އަގު: ޝެއިޚް ޒައިދު

ފޮޓޯ: ރާއްޖެ.އެމްވީ

ޝެއިޚުންގެ ފޮޓޯޖެހި ފޭކް ލިސްޓެއް ނެރެގެން ދޮގު ހަދާ، އޮޅުވާލަން އުޅުމުން ވެއްޓުނީ އަމިއްލަ އަގު ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ޝެއިޚް ޒައިދު ވަނީ ދެންވެސް އޮޅުވާލުމާއި މަކަރު ނެހެދުމަށް އެދިވަޑައިގެންފައެވެ.

" މަކަރު ހަދާ މީހުން ވަނީ ހަމަ ފެއިލް އޭ! ތިޔަ އޮޅުވާލަނީ އަމިއްލަ ނަފްސަށޭ! މިއީ ހެޔޮހިތުން ދޭ ނަސޭހަތެއް!" ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ރާއްޖޭގެ ދީނީ އިލްމުވެރިންގެ %98 ތާއިދު ކުރައްވަނީ ރައީސް ޔާމީނާއި ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށްކަމަށް ބުނެ ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ކުރެއްވި ޓްވީޓާއި ގުޅިގެން ވަރަށް ގިނަ ޢިލްމުވެރިން އެކަން ކުށްވެރި ކުރައްވަމުން ގެންދަވާ މި ދަނޑިވަޅުގައި ޝެއިޚް ޒައިދު މިވާހަކަ އަމާޒު ކުރެއްވީ ނިހާނަށް ކަމަށް ލަފާ ކުރެވެއެވެ.

ދީނީ 66 އިލްމުވެރިންގެ ފޮޓޯ އާއި އެކު އަލީ ޝަރީފު ޕޯސްޓަރ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމާއި އެކުހެން އެ ލިސްޓުގައި ހިމެނޭ ބައެއް އިލްމުވެރިން ވަނީ މައްސަލަ ޖައްސާފައެވެ. އެގޮތުން އަހާލުމެއް ހުއްދައެއް ނެތި އެބޭފުޅުންގެ ފޮޓޯ ބޭނުން ނުކުރުމަށް އެދިފައިވެއެވެ.