Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ރައްޔިތުން ބޭނުންވަނީ ނަޒާހަތްތެރި ވެރިއެއް: ޝާހް

ފޮޓޯ: ސަން.އެމްވީ

ރައްޔިތުން ބޭނުންވަނީ ނަޒާހަތްތެރި ވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ޝާހް ކުރެއްވި ޓްވީޓެއްގައި ވަނީ ކުނި އުކުމަށް ވޭސްޓް މެނޭޖްމަންޓް އިން ބޭނުންކުރާ ވެހިކަލްއެއްގެ ފަހަތަށް ދިވެހި ދިދަތަކެއް އަރުވައިގެން ގެންދާ މަންޒަރު ިދައްކުވައިދޭ ފޮޓޯތަކެއް ހިއްސާކުރައްވާފައެވެ. އަދި އެއަށް އިޝާރާތް ކުރައްވާ ޝާހް ވިދާޅުވެފައިވަނީ ދައުލަތުގެ ވަސީލަތް ބޭނުން ކުރުން މިއޮތީ ހައްދުން ނެއްޓިފައި ކަމަށެވެ.

ކެމްޕޭން ތައްޔާރީ މިހާލަތަށް ވެއްޓިގެން ނޫނީ ޔާމީން އަބްދުލްޤައްޔޫމަށް ނުވަނީތޯ ޝާހް ވަނީ ސުވާލު ކުރައްވާފައެވެ.

ޝާހް ވަނީ އިދިކޮޅު އިއްތިހާދާއި ގުޅިފައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ހިންގަވާ އެކިއެކި ކަންކަމަށް އޭނާ ގެންދަވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ފާޑު ވިދާޅުވަމުންނެވެ.