Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ރައީސް މައުމޫން ހޮސްޕިޓަލަށް ގެންގޮސްފި

ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް އެމްއާރްއައި ޓެސްޓެއް ހެއްދުމަށް އައިޖީއެމް ހޮސްޕީޓަލަށް ގެންގޮސްފިއެވެ.

ރައީސް މައުމޫން ހޮސްޕިޓަލަށް ގެންދިއުމުން ބައްދަލުކުރައްވަން އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވަނީ ހޮސްޕިޓަލަށް ވަަޑައިގެންފައެވެ.

މައުމޫންގެ އިތުރުން ކުއްލި ނުރައްކަލުގައ ހާލަތުގެ ދަށުން ހައްޔަރުކުރި މައުމޫންގެ ދަނބިދަރިކަލުން، ނަދީމް ވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މައުމޫންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވާއިރު ވަކީލުން ވަނީ އެމަނިކުފާނުގެ އުމުރާއި ސިއްހީ ހާލުކޮޅަށް ބެއްލެވުމަށް ފަހު ގޭބަންދަށް ދޫކޮށްދެއްވުމަށް ޝަރީއަތުގައި އެދިފައެވެ. ނަމަވެސް ގާޒީ އެކަން ބަލައިގެންފައެއް ނުވެއެވެ.