Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ކަރަންޓާއި ނަރުދަމާ ނެތް، ހުޅުދޫ ފްލެޓް ރައީސް ހުޅުއްވައި ދެއްވައިފި

ހުޅުދޫގައި އިމާރާތްކޮށްފައިވާ 48 ފްލެޓު ކަރަންޓާއި ނަރުދަމާ ނެތި މިއަދު ރައީސް އަބްދުﷲ ޔާމީން ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް ޔާމީން ފްލެޓު ހުޅުއްވައި ދެއްވީ މީގެ ކުޑައިރުކޮޅެއް ކުރިން ހުޅުމީދޫއަށް ވަޑައިގެން ހުޅުމީދޫ ބަނދަރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހުޅުމީދޫގައި އިމާރާތްކޮށްފައިވާ މި 48 ފްލެޓަށް ހުޅުވާލުމާއި ގުޅިގެން 2016 ވަނަ އަހަރު ކުރިމަތިލާފައިވަނީ ވަރަށް މަދު ބައެކެވެ.

2016 ވަނަ އަހަރު އޮކްޓޫބަރ މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ފްލެޓު ގުރުލުމަށްފަހު ހަވާލު ކުރާނެކަމަށެވެ. ނަމަވެސް އޭގެ ދެއަހަރު ފަހުން މިއަދު އެ ފްލެޓުތައް ހުޅުވި އިރު ފްލެޓު އެއްވެސް ބަޔަކަށް ދީފައި ނުވެއެވެ. އަދި އެކަމުގެ އެއްވެސް ތަފްސީލެއް ހައުސިން މިނިސްޓްރީން މިހާތަނަށް އާއްމުކޮށްފައި ނުވެއެވެ.