Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

މީދޫއާއި ހިތަދޫއާއި ދެމެދު ބްރިޖެއް އަޅާނަން: ރައީސް ޔާމީން

އައްޑޫ ސިޓީ މީދޫއާއި ހިތަދޫއާއި ދެމެދު ބްރިޖެއް އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އައްޑޫ ސިޓީ އަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ސ. ހުޅުމީދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ އައްޑޫ ސިޓީ ގަމާއި ހުޅުދޫއާ ދެމެދު ބުރިޖެއް އަޅުއްވާނެ ވާހަކަ ކުރިން ދަންނަވާފައިވާނެ ކަމަށެވެ. އަދި އެ ބުރިޖުގެ އިތުރުން އެ އަތޮޅު މީދޫއާއި ހިތަދޫ ވެސް ބުރިޖަކުން ގުޅުވާލާނެ ކަމަށާއި އެއީ އެމަނިކުފާނަށް ވަރަށް ފަސޭހަފުޅު ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މާލެ އާއި ހުޅުމާލެ އާއި ގުޅިފައި އޮތް ގޮތަށް އަޅުގަނޑުމެންގެ ސަރުކާރުގައި މީދޫ އާއި ހިތަދޫ ދޭތެރޭ ބްރިޖު އެޅީ މި އެއްބަރަކަށް ގުޅިގެން ދިޔައީ"، ރައީސް ޔާމީން ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑަށް ކުޑަ ކުޑަ ކުއްޖެއްގެ ތަސައްވަރު އޭނަ ކުރަހާފަ އަޅުގަނޑަށް ދިނީ، ކުއްޖާއަށް އެކުއްޖާގެ މަންމައާ ބައްޕަ އޮޅުން ފިލުވާދީ އެ ކުއްޖާގެ ހުވަފެންވެސް ހަގީގަތަކަށް ހައްދަވައިދެއްވާނީ ރައީސް ޔަމީންއޭ. ހަމައެކަނި ބްރިޖު އޮންނަ ތަން ތަފާތުވާނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.