Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ސުނާމީ ލޯނުތަކަށް މައާފް ދޭނަން: އިބޫ

ދެހާސް ހަތަރު ވަނަ އަހަރު ރާއްޖެއަށް އައި ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ނަގާފައިވާ ލޯނުތައް މައާފް ކޮށްދެއްވާނެ ކަމަށް ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އިބޫ، މިއަދު އއ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މަތިވެރިއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި ވިދާޅުވެފައިވަނީ ސުނާމީ ކާރިސާއިން އަރައިގަތުމަށް އެތައް ބަޔަކު ލޯނު ނަގައި، އެ ލޯނު ނުދެއްކި އިންޓްރެސްޓު މަތިވެ ހާލުގައި ޖެހިފައި އެބަ ތިބި ކަމަށެވެ. އެބޭފުޅުންގެ ލޯނުތައް އިއްތިހާދުގެ ވެރިކަމެއްގައި މައާފްކޮށްދެއްވާނެ ކަމަށް އިބޫ ވައުދުވެވަޑައިގެންނެވިއެވެ.

ސުނާމީ ކާރިސާގައި ގެދޮރު ގެއްލުނު ހުރިހާ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ގެނެސްފައިވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.