Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ހިތަދޫ އާއި މަރަދޫގައި ކިޔަވައިދޭ އެއްޗެހި ތަފާތު: ރައީސް

އައްޑޫ ސިޓީގެ ހިތަދޫގެ ސްކޫލުތަކުގައި ދެވޭ ތައުލީމާއި މަރަދޫ ނުވަތަ މަރަދޫ ފޭދޫ ނުވަތަ ފޭދޫ ސްކޫލުގައި ދެވޭ ތަޢުލީމު ތަފާތު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މެނިފެސްޓޯގައި ހިމެނޭ ތައުލީމީ ސިޔާސަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހުރިހާ ރަށެއްގައި ދެވޭ ތައުލީމު އެންމެ ފުރިހަމައަށް ދިނުމަކީ އިދިކޮޅުގެ ވިސްނުން ކަމަށާއި އެމަނިކުފާނުގެ ވިސްނުމެއް ނޫން ކަމަށެވެ. އަދި އެއީ މީގެ 50 އަހަރު ކުރީގެ ސިޔާސަތުތައް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ދެން އަންނަ ދައުރަކަށް ހޮވިއްޖެ ނަމަ އިންފޮމޭޝަން ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ(އައިސީޓީ) މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހައްދަވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.