މިސަރުކާރުން ހިތަދޫގެ ތަރައްގީއަށް 1.4 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިރޭ ހިތަދޫގައި ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިރޭ ހިތަދޫގައި ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ އެމްޑީޕީ ކުދިން ޚާއްސަކޮށް އެމަނިކުފާނުގެ ވާހަކަ އަޑު އެއްސެވުމަށެވެ. އެމްޑީޕީ ސަރުކާރުގައި ހިތަދޫއަށް ޚަރަދު ކޮށްފައިވަނީ އެންމެ 230 މިލިއަން ރުފިޔާ ކަމަށާއި މިސަރުކާރުގައި އެމަނިކުފާނު ވަނީ ހިތަދޫއަށް 1،044 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ކަމަށެވެ.
ފޭދޫ އަށް 32 މިލިއަން ރުފިޔާ އެމްޑީޕީ ސަރުކާރުން ޚަރަދު ކުރިއިރު އެމަނިކުފާނުގެ ސަރުކާރުން ފޭދޫއަށް 200 މިލިއަން ރުފިޔާގެ ތަރައްގީ ގެނެސްފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
އަދި އައްޑޫގެ މުޅި ސިޓީގެ ތަރައްގީއަށް އެމަނިކުފާނު ދެ ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް މިރޭގެ ޖަލްސާގައި ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން ހިތަދޫ ރައްޔިތުން 23 ވަނަ ދުވަހު 1 ނަމްބަރު ކެންޑިޑޭޓް ނޫން ނަމްބަރެއް ނުފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.