Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ހުޠުބާ: ސިހުރުވެރިންގެ ގާތަށް ގޮސް އެމީހުންގެ ބަސް އަހާ މީހުން ތިބީ އީމާންތެރިކަމުން ބޭރުވެފައި

ސިހުރު ހަދަން ބޭނުންކުރި ސާމާންތަކެއް؛ ފޮޓޯ ޕޮލިސް

ސިހުރުވެރިންގެ ގާތަށް ގޮސް އެމީހުންގެ ބަސް އަހާ މީހުން ތިބީ އީމާންތެރިކަމުން ބޭރުވެފައިކަމަށް މިއަދުގެ ހުކުރު ހުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުޠުބާ ހާއްސަ ކޮށްފައިވަނީ ސިހުރު ހާހުރައިގެ ނުބައިކަމުގެ މައްޗަށެވެ. އެގޮތުން ސިހުރަކީ ގަދީމީ ޒަމާނުއްސުރެ މީހުންގެ ތެރޭގައްޔާއި، ޓެކްނޮލޮޖީ އާއި ތަރައްޤީގެ މިޒަމާނުގައިވެސް މީސްތަކުންގެ ގައިގައި ވަކި ހިއްޕާލާފައިވާ ބިރުވެރި ބަލިމަޑުކަމެއްކަމަށް ހުޠުބާގައިވެއެވެ.

ސިހްރުވެރިޔާއަކީ އިންސީންގެ ޝައިޠާނުންގެ ތެރޭގައި ހިމެނޭ ޝައިޠާނެކެވެ. އަދި އޭނާގެ ގާތަށް ގޮސް އެމީހުންގެ ބަސް ގަބޫލްކުރާ މީހުންނަކީ އީމާންތެރިކަމުގެ ދާއިރާއިން ބޭރުވެފައިވާ ބައެކެވެ.

ސިހުރު ހެދުމަކީ މީހުން މެރުމަށް ވުރެ ނުބައި ކަމެއް ކަމަށާއި، ސިހްރުގެ ސަބަބުން މުޖްތަމައު ރޫޅި އެކުވެރިން ހަތުރުންނަށްވެ، ނާމާންކަން ފެތުރެއެވެ. އަދި ސިހުރުވެރިންގެ ސަބަބުން މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވަދެ އާއިލާތައް ރޫޅެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ހުޠުބާގައި ސިހުރުވެރިންނަކީ ކޮން ބައެއްކަން ވަނީ ސާފުކޮށްދީފައެވެ. އެގޮތުން އެމީހުންނަކީ ޝައިޠާނާއަށް މާތްކޮށް ހިތުމުގެ ސަބަބުން އެމީހުންގެ ފަރާތުން ލިބޭ މާނަވީ ފައިދާއެއް ކަމަށެވެ.

އިންސާނާ އެސޮރަށް ބޭނުންވާ ކަމުގެ އިހްސާސް އެސޮރަށް ލިބުމަކީ އެސޮރު ފަހްރުވެރިވާ ކަމެކެވެ.

ސިިހުރުގެ ނުބައިކަމުގެ ވާހަކަ ގުރުއާނާއި ހަދީސުން މިއަދުގެ ހުޠުބާގައި ގެނެސްދީފައިވާ އިރު ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ސިހުރު ހަދާ ގޮތް ކިޔައިދީފައިވާ ކަމަށް ހުޠުބާގައި ބުނެފައިވެެއެވެ، އަދި އެއީ ނުބައި ނުރައްކާތެރި ކަމެއްކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.