ޚަބަރު

އަޅުގަޑުމެންނަކީ އައްޑޫގެ މައިނޯރިޓީ، މިތިބީ ސައިޒުގައި: ޝަވީދު

އައްޑޫގެ ފާއިތުވި ސްޓެޓިސްޓިކަށް ބަލާއިރު އައްޑޫގައި ޕީޕީއެމްއަކީ މައިނޯރިޓީ ކަމަށާއި އިންތިހާބާއި ކުރިމަތިލަނީ ސައިޒުގައި ތިބެގެންކަމަށް ރައީސް ޔަމީންގެ އައްޑޫ ކެމްޕެެއިން މެނޭޖަރ މުހައްމަދު ޝަވީދު ބުނެފިއެވެ.

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ފުލުހުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ޝަވީދު ވިދާޅުވީ ޕީޕީއެމްއިން އިންތިހާބާއި ކުރިމަތިލާއިރު ކެންޑިޑޭޓަކީ މިހާރުގެ ރައީސް ކަމަށާއި ނަމަވެސް ހަގީގަތް ގަބޫލް ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަކީ މިހާރުގެ ސަރުކާރު ހިންގާ ޕާޓީ، ހޮވަން އުޅޭ ކެންޑިޑޭޓު ހުންނެވީ ރައީސް ކަމުގަ، އެހެން ނަމަވެސް އަޅުގަނޑުމެންނަކީ މި ރަށުގެ މައިނޯރިޓީ އިނގޭތޯ، އަޅުގަނޑުމެން މި މައިނޯރިޓީ ރެސްޕެކްޓު ކޮށްގެން މިތާ މިތިބީ"

ރޭ ރައީސް ޔާމީން ބައިވެރިވި ޖަލްސާ، މި ޖަލްސާއިން މައިނޯރިޓީ ވަނީ ފެނިފައި.

ޝަވީދު ވިދާޅުވީ ފަލަސްޠީނާއި އިޒްރޭލަށް ބަލާއިރު ފަލަސްޠީނަކީ މައިނޯރިޓީ ކަމަށާއި ނަމަވެސް އެމީހުން ގާވެސް އުކާނެ ކަމަށެވެ.

" ފަލަސްތީނާއި އިޒްރޭލަށް ބަލާއިރު ފަލަސްޠީނަކީ މައިނޯރިޓީ، އެމީހުން ގާވެސް އުކާނެ، އަނެއްކޮޅުން މެޝިންގަން ހުންނައިރުވެސް"

ޝަވީދު ބުނީ އެމްޑީޕީއަކީ އައްޑޫގެ މެޖޯރިޓީކަން ދަނެގެން މައިނޯރިޓީއަށް އިހްތިރާމް ކޮށްގެން ކެމްޕެއިން ކުރުމަށެވެ.

ޝަވީދު އިތުރަށް ބުނީ އައްޑޫގައި ރައިސް ޔާމީންގެ ކެމްޕެއިން ރާވާ ހިންގާ މީހެއްގެ ހައިސިއްޔަތުން އައްޑޫގައި ކަންމަތީ އެއްވެސް ބައްދަލުވުމެއް ނުބާއްވާނެކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ ކަންމަތީ ބައްދަލުވުންތަކަށާއި ސިޔާސީ ކަންކަމަށް އެއްބަޔަކު ނިކުންނާތީ ކަމަށެވެ.

ރައީސް ޔާމީންގެ އައްޑޫ ކެމްޕެއިން މެނޭޖަރ މިގޮތަށް ބުނެފައިވާ އިރު ރޭ ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ އައްޑޫ ހިތަދޫ ގައި ބޭއްވި ޖަލްސާއަށް ގޮސް ފައިވަނީ ވަރަށް މަދު ބައެކެވެ. އެކަމާއި ރައީސް ހިތްޕުޅު ހަމަނުޖެހިވަޑައިގެން ރޭގެ ޖަލްސާ އަދި މިއަދު ހެނދުނު ފޭދޫގައި ބޭއްވި ޖަލްސާގައިވަނީ ހިތަދޫ މީހުންނަށް އިންޖެކްޝަން ޖެހުމަށް ވިދާޅުވެފައެވެ.

ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި 1600 ގޮޑި ޖެހި ނަމަވެސް ގިނަ ހުސް ގޮޑި ހުރެގެން ފަހަތުގައި ޖަހާފައިވާ ގޮޑިތައް ވަނީ ނަގާފައެވެ.