Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ރައީސް ފުވައްމުލަކަށް ވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީން މިއަދު ފުވައްމުލަކަށް ވަޑައިގެންފިއެވެ.

ސަރުކާރުން ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރުމަށް މިއަދު ފުވައްމުލަކަށް ރައީސް ވަޑައިގެންފައިވަނީ އައްޑޫއަށް ކުރެއްވި ދަތުރުފުޅަށް ފަހުއެވެ.

އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންމޭޓު ފައިސަލް ނަސީމު ނިސްބަތްވާ ފުވައްމުލަކުން މިއަދު ރައީސަށްވަނީ ޕީޕީއެމް ސަޕޯޓަރުންގެ ފަރާތުން ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ފުވައްމުލަކަށް ރައީސް މިއަދު ވަޑައިގެންނެވި އިރު ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު 3 މެމްބަރުންގެ ތެރެއިން އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުވަނީ ޕީޕީއެމްއިން ވަކިވެ އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންފައެވެ.