Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއާޓަރގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލެ ސިޓީގައިހުރި ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއާޓާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތު ދޭ ގޮތުގައި އެ ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްއަށް ލިބިފައި ވަނީ ރޭ ފަތިހު 03:08 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެ އިމާރާތުގައި ރޯވެފައިވާ އަލިފާން ނިއްވާލެވިފައި ވަނީ ފަތިހު 03:38 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އަލިފާން ރޯވެފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓޯ ޔާޑާ އިންވެގެން ހުރި ދެ ބުރިއަށް ހަދާފައިވާ ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއާޓާގައި ކަމަށާއި، އެ އިމާރާތުގައި އަލިފާން ރޯވުމާއި ގުޅިގެން ޕޮލިސް ސަރވިސްގެ ޓޯ ޔާޑަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާގައި ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއާޓާއަށް ބޮޑެތި ގެލުންތަކެއް ލިބިފައިވާއިރު، ލޭބަރ ކުއާޓާގައި ނިދާފައިތިބި ހަތަރު ބިދޭސީއަކަށް އަނިޔާވެގެން މޯލްޑިވްސް ރެޑްކްރޮސެންޓުގެ އެހީގައި ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދަނީ ތަހުގީގު ކުރަމުންނެވެ.