Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ހިތްދަތިކަމާއެކީ ހިތަށްއަރާ، 23 ގައި ނަގާ ވޯޓަކީ ރާއްޖޭގައި އޮންނަ އިންތިޚާބެއް ބާވައޭ؟: ރައީސް

ސެޕްޓެމްބަރ 23 ވަނަ ދުވަހު ރާއްޖޭގައި ނަގާ ވޯޓަކީ ރާއްޖޭގައި ނަގާ ވޯޓެއްތޯ ހިތްދަތި ކަމާއި އެކީ ހިތަށް އަރާވަޑައިގަންނަވާކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ހިތަދޫ ރައްޔިތުންނާއި މުޙާޠަބު ކުރައްވައި ހުކުރު ދުވަހުގެ ރޭ ރައީސް ޔާމީން ވިދާޅުވީ 23 ވަނަ ދުވަހު ބާއްވާ އިންތިހާބަކީ ރާއްޖޭގައި ބާއްވާ އިންތިހާބެއްތޯ ނުވަތަ ބޭރުގެ އެހެން ގައުމުތަކުން އެމީހުން ބޭނުން ގޮތަށް ބާއްވަން ބޭނުންވާ އިންތިހާބެއްތޯ ސުވާލު އުފެދޭ ކަމަށެވެ.

"އަޅުގަނޑު ހަމަ މިއަދުވެސް ހިތްދަތިކަމާއެކީ ހިތަށްއަރާ. 23 ގައި މި ނަގާ ވޯޓަކީ ދިވެހިރާއްޖޭގައި އޮންނަ އިންތިޚާބެއްބާވައޭ. ދިވެހިރާއްޖޭގައި އޮންނަ އިންތިޚާބެއްތޯ މިއީ. ނޫނީވިއްޔާ މިއީ ބޭރު އެހެން ޤައުމުތަކުން، އެމީހުން ބޭނުންވާ ގޮތަށް ބާއްވަން ބޭނުންވާ އިންތިޚާބެއްތޯ؟ ކީއްވެގެންތޯ، މިތަނުގައި ދެންމެ ލަވަ ހުށަހަޅައިދިން ޒުވާން ކުއްޖާ، އޭނާގެ ޚިޔާލަށް މިކަން ނުގެންނަންވީ؟ ކީއްވެގެންތޯ، މިތާ ތިޔަ ތިއްބެވި ހަރުދަނާ ބޭފުޅުން، ދޮށީ ރައްޔިތުން، ޚިދުމަތްތެރި ބޭފުޅުން، ޒުވާނުން މިކަން ހަނދާނަށް ނުގެންނަންވީ"

ރައީސް ވިދާޅުވީ އެމަނިކުފާނާއި ގުޅޭ ގޮތުން ކޮންމެފަދަ ފިލްމެއް ވެސް ހަދާފާނެ ކަމަށާއި، ނަމަވެސް އެތެރެއާއި ބޭރުން އަންނަ އިރު ވެސް އަދިވެސް ހުރީ ރައްޔިތުންގެ ކުރިމަތީގައި ކަމަށެވެ.

ރައީސް ވަނީ ހިތްޕުޅު ހަމަނުޖެހި ހުންނަވައިގެން ރައްޔިތުން ވިސްނެވުމަށް ވިދާޅުވެފައެވެ.