Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

އައްޑު އާއި ފުވައްމުލަކުގެ ހިޔާމަތްކޮށްފައިވާ ސަރަހައްދުގައި ފޮޓޯ އާއި ވީޑިއޯ ކުރަން ފީއެއް ނަގަނީ

އައްޑޫ ސިޓީ އީދިގަލި ކިޅި - ފޮޓޯ: ހުނެއިޝް ދީދީ (ފްލިކްއާރް)

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ފޮޓޯ އާއި ވީޑިއޯ ކުރަން ފީއެއް ނަގާ ގޮތަށް ހަމަޖައްސައިފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ގެޒެޓްކުރި ޤަވާއިދުގައިވާ ގޮތުން އައްޑޫގެ ހިމާޔަތްކޮށްފައިވާ ސަރަހައްދާއި ފުވައްމުލަކުގެ ބަންޑާރަ ކިޅި އާއި ދަޑިމަގި ކިޅި ސަރަހައްދުގައި ފޮޓޯ އާއި ވީޑިއޯ ނެގޭނީ އެތަނުގެ މެނޭޖްމަންޓް ޔުނިޓްގެ ހުއްދަ ލިބިގެން ކަމަށާއި، އެތަނަށް ޒިޔާރަތްކުރެވޭނީ ހަމަޖެހިފައިވާ ތާރީޚުގެ ތިން ދުވަސް ކުރިން ހުއްދަ ހޯދަން އެދި ފޯމް ހުށަހަޅައިގެން ކަމަށްވެސް އެ ޤަވާއިދުގައި ވެއެވެ.

މީގެ އިތުރުން އެ ޤަވާއިދު ބުނާގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ފޮޓޯ ސެޝަނަކަށް ހޭދަކުރެވޭނީ ގިނަވެގެން ފަސް ގަޑިއިރެވެ. އަދި އެ ސަރަހައްދުގައި ޑްރޯން ބޭނުންކުރެވޭނީ މެނޭޖްމަންޓް ޔުނިޓްގެ މުވައްޒަފަކު ހުރެގެން ކަމަށާއި، ޑްރޯން ދޫނިސޫފާ ސޫތްޕާ 15 ފޫޓަށް ވުރެ ކައިރިވެގެންނުވާނެ ކަމަށް ވެސް އެ ޤަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

އަދި ހަމަ އެހެންމެ ވިޔަފާރި އުސޫލުން ނަގާ ކޮންމެ ފޮޓޯގްރަފީ ސެޝަނަކަށް 500ރ. އަދި ވީޑިއޯގްރަފީ ކޮންމެ ސެޝަނަކަށް 3،000ރ. ދައްކަން ޖެހޭއިރު، ޑްރޯން ބޭނުންކުރާ ނަމަ 100ރ. ދައްކަން ޖެހޭނެ ކަމަށްވެސް އެ ޤަވާއިދުގައި ބުނެފައި ވެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން އާންމުކުރި އެ ޤަވާއިދުގައިވާ ގޮތުން އައްޑޫގައި ހިމާޔަތްކޮށްފައިވާ ސަރަހައްދާއި ފުވައްމުލަކުގެ ބަންޑާރަ ކިޅި އާއި ދަޑިމަގި ކިޅި ސަރަހައްދުގައި ވިޔަފާރި އުސޫލުން ވިއްކަން ރިސާޗެއް ހަދާ ނަމަ 3،000ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.