Last Updated: April 27, 08:54
Saturday, April 27, 2024
މުނިފޫހިފިލުވުން

ސޮނާކްޝީ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެ

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ރާއްޖެ އަތުވެއްޖެ އެވެ.

އިއްޔެ މެންދުރުފަހު ސޮނާކްޝީ ރާއްޖެ އައި އިރު، މިއީ އޭނާ ރާއްޖެ އައި ދެވަނަ ފަހަރެވެ. މި ފަހަރު ސޮނާކްޝީ ރާއްޖެ އައިސްފައި ވަނީ އޭނާގެ ގާތް ދެ ރަހުމަތްތެރިންނާ އެކު އެވެ.

އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ފެއާމޮންޓް މޯލްޑިވްސް – ސިއްރު ފެންފުށި ރިސޯޓްގަ އެވެ.

ސޮނާކްޝީ ވަނީ އެ ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް ވެސް އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާއި ހިއްސާކޮށްފަ އެވެ.

https://www.instagram.com/p/BntPquLHQfe/?utm_source=ig_embed

މިދިޔަ މަހު ރިލީޒްކުރި ފިލްމް "ހެޕީ ބާގް ޖާއޭގީ ރިޓާންސް" އިން ފެނިގެންދިޔަ ސޮނާކްޝީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަލްމާން ޚާންގެ ފިލްމް، "ދަބަންގް 3" އިންނެވެ.

ދިވެހިރާއްޖެއަކީ ދުނިޔޭގެ މަޝްހޫރު ފަންނާނުންގެ މެދުގައި ވަރަށް މަޤްބޫލް ޗުއްޓީ މަންޒިލެކެވެ. ބޮލީވުޑްގެ އިތުރުން ހޮލީވުޑް ތަރިންނާއި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ މެދުގައި ވެސް ރާއްޖެ އަކީ ވަރަށް މަޤްބޫލް މަންޒިލެކެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްރާ ވެސް ވަނީ ޗުއްޓީ އަށް ރާއްޖެ އައިސްފަ އެވެ.