Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ޔާމީންގެ ވެރިކަން 5 އަހަރުތެރޭ 100 އަހަރަށްވުރެ މުސްކުޅިވެއްޖެ: ޑރ. ޖަމީލް

ރައީސް ޔާމީންގެ ވެރިކަން 5 އަހަރުތެރޭ 100 އަހަރަށްވުރެ މުސްކުޅިވެއްޖެ ކަމަށް މިސަރުކާރުގެ ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެ ޓްވީޓްގައި އިތުރަށް އެ މަނިކުފާނު ވިދާޅުވީ ބަޔަކު ޝައުގުވެރިވާނެ ކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ފެންނަނީ މުޅިންވެސް ވައްކަމާއި ބޮޑެތި ޚިޔާނާތް ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ރަނގަޅު އެކަކު ވެސް ޔާމީން އާއިއެކު ނެތް ކަމަށާއި، ބޭބެވެސް ދުރަށް ގޮސްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

" ޔާމީންގެ ވެރިކަން 5 އަހަރުތެރޭ 100 އަހަރަށްވުރެ މުސްކުޅިވެއްޖެ. ބަޔަކު ޝައުގުވެރިވާނެ ކަމެއް ނެތް. ފެންނަނީ މުޅިންވެސް ވައްކަމާއި ބޮޑެތި ޚިޔާނާތް. ރަނގަޅު އެކަކު ވެސް އެކުގައި ނެތް، ބޭބެ ވެސް ދުރަށް. އެކުގައި ތިބީ ބާ ދަގަނޑުތަކެއް ފަދަ ބައެއް. މުޅި އޮޑިން ދަބަރު ފައިބަނީ." ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވަނީ ރައީސް ޔާމީން އާއެކުގައި ތިއްބެވީ ބާ ދަގަނޑުތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.