Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ޔާމީން ވޯޓުން ރެކެން ވަރަށް އައްޗިކޮށް އުޅުއްވާފަ ހުރިކަން ތާރީޚު ހެކިދޭ: އަމީން

ރައީސް ޔާމީން ވޯޓުން ރެކެން ވަރަށް އައްޗިކޮށް އުޅުއްވާފަ ހުރިކަން ތާރީޚު ހެކިދޭ ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން އިބްރާހީމް މިހެން ވިދާޅު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ވަނީ ރައީސް ޔާމީނަކީ ފެށުނީއްސުރެ ވޯޓް ދެކެ ބިރުގަންނަ ބޭފުޅެއްކަމަށް ވެސް ވިދާޅުވެފައެވެ. ރަށުތެރެ ނާމާންކޮށް ބިރުވެރިކަން އުފައްދާ ވޯޓުލުން ފަސްކުރުމަށް ދަނީ ލައްކަ ރޭވުން ރާވަމުން ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

"ރައީސް ޔާމީން އަކީ ފެށުނީއްސުރެ ވޯޓް ދެކެ ބިރުގަންނަ ބޭފުޅެއް. ވޯޓުން ރެކެން ވަރަށް އައްޗިކޮށް އުޅުއްވާފަ ހުރިކަން ތާރީޚު ހެކިދޭ. ރަށުތެރެ ނާމާންކޮށް ބިރުވެރިކަން އުފައްދާ ވޯޓުލުން ފަސްކުރުމަށް ދަނީ ލައްކަ ރޭވުން ރާވަމުން. ތި ދައްކާ ބިރާއި އަރުވާ ދުމަށް ރައްޔިތުން ނުސިހޭނެ. ޔާމީން އަބްދުލްޤައްޔޫމް ބަލިކުރާނެ" އަމީން ވިދާޅުވިއެވެ.

އަމީން އިބްރާހީމަކީ ރައީސް ޔާމީނަށް ވަރަށް ރީތި އިބާރާތްތަކުން ފާޑުވިދާޅުވާ ބޭފުޅެކެވެ.