ހެސްކިޔާފަ ބަލިވެއްޖެ ކަމަށާއި، މި ސަރުކާރު ނޭވާހޮޅިއަށް އެޅިއްޖެ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލް އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވާ އިރު މީގެ އިތުރުން ވަނީ ބައެއް މީހުން ޕެކްކޮށް ވެސް ނިމިއްޖެ ކަމަށް ވިދާޅުވެފައެވެ. މިއީ އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވާ ވިދާޅުވެފައިވާ ވާހަކައެއް ކަމަށް ލަފާކުރެވެއެވެ. އަދި މީގެ އިތުރުން އެ ޓްވީޓްގައި އޭނާ ވަނީ ފުރަން އުޅުނަސް މިހާރު މާލަސްވެއްޖެ ކަމަށް ވެސް ވިދާޅުވެފައެވެ.
Heskiyaafa bali vejje. Mi sarukaaru neyvaa holhi ah elhijje. Baeh meehun pack koh nimijje. Furan thayyaaruviyas mihaaru then maa las vejje.
— Ali Hussain (@AleeVoice) September 15, 2018
"ހެސްކިޔާފަ ބަލިވެއްޖެ. މި ސަރުކާރު ނޭވާހޮޅިއަށް އެޅިއްޖެ. ބައެއް މީހުން ޕެކްކޮށް ނިމިއްޖެ. ފުރަން ތައްޔާރު ވިޔަސް މިހާރު ދެން މާލަސްވެއްޖެ." އަލީ ހުސައިން ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ފުވައްމުލަކަށް 1.1 ބިލިއަން ޚަރަދުކޮށްފި ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ދިވެހި އޮންލައިން ނޫހެއްގައި ލިޔުއްވާފައިވާ ޚަބަރެއް ހިމަނުއްވާފަ އަލީ ހުސައިން ވަނީ އެއީ ރައްޔިތުންގެ ފައިސާ ކަމަށާއި އަމިއްލަ ޖީބުން ފުވައްމުލަކަށް ޚަރަދު ކުރި އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވެ އިތުރު ޓްވީޓެއްވެސް ކުރައްވާފައެވެ.
E aharemenge faisaa. E ee rayyithunge faisaa. Amilla jeebun Fuah Mulakah kharadhu kuri evves faisaaeh noannaane. https://t.co/O3kVgRFtG4
— Ali Hussain (@AleeVoice) September 15, 2018