Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

ދުވާފަރުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމް ކޮށްލައިފި

ރ ދުވާފަރުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ 12 ޖެހިފަހުން ހިނގި މިހާދިސާ އެރަށު ކައުންސިލް އިދާރާ ކައިރީގައި ހިނގާފައިވަނީ އެއް ގުރޫޕެއްގެ ދެމީހެއްގެ ދެމެދުގައި ހިނގި ހިތްހަމަނުޖެހުމެއްގައި ކަމަށް ވެއެވެ. އަދި އެކަމާ ގުޅިގެން ފުލުހުންވެސް އެރަށުގައި ހަރަކާތެރިވަމުންދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ދުވާފަރު ކައުންސިލް މެމްބަރަކާއި ހަވާލާދީ ދިވެހި އޮންލައިން ނޫސް ރާއްޖެ އެމްވީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައިއެހާދިސާގައި ޒަޚަމްވި ޒުވާނާއަށް އެރަށު ހެލްތު ސެންޓަރުން އެކަށޭނަ ފަރުވާ ދެވެން ނެތިގެން އުނގޫފާރުގައި ހުންނަ އެއަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލާދީފައިވަނީ މައުލޫމާތު ލިބފައިވާ ގޮތުގައި އެ ޒުވާނާގެ މޭ ކަށިގަނޑުން ތިރި ބަނޑުގެ ދެފަރާތުންނާއި ބުރަކަށިންވެސް ހަމަ އެ ދެ ދިމާލަށް ކަމަށް މައުލޫމާތު ލިބެއެވެ. ގާތްގަޑަކަށް 21 އަހަރުގެ އެޒުވާނާއަށް ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަނަމަވެސް އަދިވެސް ލޭމަނާ ނުވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ކައުންސިލް މެމްބަރު ވިދާޅުވިކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ރ ދުވާފަރުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލާފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ ހޮނިހިރު ދުވަހުގެރޭ 12:45 ހާއިރު ކަމަށާއި ޒަޚަމްވި މީހާއަށް ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށެވެ. އަދި ފުލުހުން އެމައްސަލަ ތަހުގީގް ކުރަމުންދާ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭ ވަނީ ފުވައްމުލައް ސިޓީގައި ވެސް މީހެއްގެ ކަރަށާއި ބަނޑަށް ވަޅިން ހަމަލާދީ ޒަޚަމް ކޮށްލާފައެވެ.