Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

އީސީގެ ވެރިންނަށް ﷲ އަށް ބިރުވެތިވުމަށް ގޮވާލަން: ޝެއިޚް ޒައިދު

އިލެކްޝަންސް ކޮމިޝަން(އީސީ) ވެރިންނަށް ﷲ އަށް ބިރުވެތިވުމަށް ގޮވާލާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މިހެން ޝެއިޚް ޒައިދު މިހެން ވިދާޅުވެފައިވަނީ އެ ބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޝެއިޚް ވިދާޅުވެފައިވަނީ ވޯޓު އޮޅުވާލާ ކަމަށް ތުހުމަތުވާ އެއްވެސް ކަމެއް ކުރެވިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. ވޯޓު ގުނާފަ ފުރަތަމަ ޖެހޭނީ އިއުލާން ކުރަން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެންޓަރ ކުރާ އެއްޗަކަށް އެންޓަރ ކުރަން ވާނީ އެއަށްފަހުގައި ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ. މީގެ އިތުރުން އަދުލުވެރިވާން ޖެހޭނެ ކަމަށާއި، ރައްޔިތުން ބޭނުންވަނީ ދެފުށް ފެންނަ އިންތިޚާބެއް ކަމުގައި ޝެއިޚް ވިދާޅުވެފައިވެއެވެ.

"އީސީގެ ވެރިންނަށް ﷲ އަށް ބިރުވެތިވުމަށް ގޮވާލަން! ވޯޓު އޮޅުވާލާ ކަމަށް ތުހުމަތުވާ އެއްވެސް ކަމެއް ކުރެވިގެން ނުވާނެ! ވޯޓު ގުނާފަ ފުރަތަމަ ޖެހޭނީ އިއުލާން ކުރަން! އެއަށްފަހު އެންޓަރ ކުރާ އެއްޗަކަށް އެންޓަރ ކުރަން ވާނީ! އަދުލުވެރިވާން ޖެހޭނެ! ރައްޔިތުން އެދެނީ ދެފުށް ފެންނަ އިންތިޚާބެއް!" ޝެއިޚް ޒައިދު ވިދާޅުވިއެވެ.

އިންތިޚާބު ބާއްވާ ތާރީޚް ކުޑަތަން ވަމުން އަންނަ އިރު ތަފާތު އެކި ކަންކަމުގައި އީސީއަށް ދަނީ ތުހުމަތުގެ އިނގިލިތައް ދިއްކުރެވެމުންނެވެ. މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެ ކަމާއިމެދު ބައެއް ފަރާތްތަކުން ދަނީ ޝައްކު ކުރަމުންނެވެ.

އެހެން ނަމަވެސް އީސީއިން ވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވިގެންދާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.