Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

"ނަޝީދަކީ އައްޑު އަށް ހެޔޮ އެދޭނެ މީހެއް ނޫން"

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަކީ އައްޑުއަށާއި އައްޑޫ ރައްޔިތުންނަށް ދުވަހަކު ވެސް ހެޔޮ އެދޭނެ މީހެެއް ނޫން ކަމަށް ޕީޕީއެމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ހިތަދޫގައި ރޭ އޮތް "ޕީޕީއެމް ތިން ގުނަ" ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ނަޝީދަކީ ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު، އައްޑޫގެ އިމާރާތްތަކުގައި ހުޅު ޖަހައި އަޅި އަށް ހަދާލައި އައްޑޫގެ ތަރައްގީ އެތައް އަހަރެއް ފަހަތަށް ގެންދިޔަ ހާދިސާގައި އިސްކޮށް ހުންނެވި މީހާ ކަމަށެވެ.

އެހެންވެ އޭނާ ދުވަހަކު ވެސް އައްޑޫ އަށާއި އައްޑޫ ރައްޔިތުންނަށް ހެވެއް ނޭދޭނެ ކަމަށް ހޯމް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި އަދި ނަޝީދު ދިގު މުއްދަތަކަށް ޖަލަށް ލައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވީ ޑރ. ޖަމީލް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ހަރުދަނާ މަދަނީ އަދުލުގެ ނިޒާމެއް ގާއިމުކޮށް، ވިޔަފާވެރިންނާއި އިންވެސްޓަރުންގެ އިތުބާރާއި ޔަގީންކަން އޮންނަ ގައުމަކަށް ރާއްޖެ ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.