Last Updated: March 29, 06:30
Friday, March 29, 2024
ޓެކްނޮލޮޖީ

އަމިއްލައަށް ދުވާ ޓްރަކެއް އުފައްދައިފި

ވޮލްވޯ އިން އުފައްދާފައިވާ އަމިއްލއަށް ދުވާ ޓްރަކް "ވީރާ"

ކާރު އުފައްދާ ކުންފުނި ވޮލްވޯ އިން އަމިއްލައަށް، ކަރަންޓުގެ އެހީގައި ދުވާ ޓްރަކެއް އުފައްދައިފިއެވެ.

ވޮލްވޯ އިން ބުނެފައިވަނީ މިއުޅަނދު އުފެއްދުމުގެ ބޭނުމަކީ ޑްރައިވަރުންގެ ފަރާތުން ފެންނަ ވަޒީފާއާ ނުގުޅޭ ކަންކަން މަދުކޮށް، މަސައްކަތް އިތުރުކުރުން ކަމަށެވެ. ވޮލްވޯ އިން ބުނެފައިވަނީ މި ޓްރަކަކީ ކޮފީ ބްރޭކު ނަގާނެ ޓްރަކެއް ނޫން ކަމަށެވެ. އަދި ފަނަރަ މިނެޓަށް ނިދާލަން ކަނެއްގައި ޖައްސާލާނެ ޓްރަކަކަށް މިޓްރަކު ވެގެން ނުދާނެ ކަމަށެވެ.

"ވީރާ" ގެ ނަމުން ނަން ދީފައިވާ މިޓްރަކް މިހާރު ދައްކާލާފައިވާއިރު ވޮލްވޯ އިން ބުނަނީ އަދި ޓްރަކް އެއްކޮށް ނުނިމޭ ކަމަށެވެ. މި ޓްރަކަކީ 185 ކިލޯވަޓުގެ މޯޓަރަކާއެކު ފަރުމާ ކޮށްފައިވާ އުޅަނދެކެވެ. 186 މޭލަށް އިތުރު އެހީއަކާ ނުލާ ދުއްވޭނެ ކަމަށް ވޮލްވޯ އިން ބުނާއިރު މީގެ ޚިދުމަތް ހޯދާނީ ކްލައުޑް ބޭސްޑް ސާވިސެސް މެދުވެރިކޮށެވެ.

ވޮލްވޯ އިން ބުނެފައިވަނީ މި އުޅަނދަކީ ތިމާވެއްޓާ ރަށްޓެހި، ގިނަ މުދާ ބަރުކުރެވޭ އަދި އަވަހަށް ދަތުރުފަތުރުކުރާ އުޅަނދެއް ކަމަށެވެ.