Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

ގައުމީ ޓީމް އަންނަ ދުވަސް ބަންދު

ސާފް ސުޒުކީ ކަޕްގެ ފަޚުރުވެރި ޗެމްޕިއަންކަން ރޭ ދިވެހި ގައުމީ ޓީމު ހޯދައި، ތަށްޓާއެކު ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ މިމަހުގެ 18 ވާ އަންގާރަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލް ޖުމުހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ތަށި ރާއްޖެ ގެންނަ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަން އިއުލާން ކޮށްފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާން، އިބްރާހިމް މުއާޒު އަލީއެވެ.

ރާއްޖެ މިހޯދި ކާމިޔާބީއާއެކު ރައީސުލްޖުމުހޫރިއްޔާ ވަނީ ގައުމީ ޓީމަށް ގުޅުއްވައި މަރުހަބާ ދަންނަވާފައެވެ.