Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ރައީސް ޔާމީން މިރޭ ގިނިކަންޔާ ބަހުސް ކުރައްްވަނީ!

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން އިންތިޒާމް ކުރާ ރިޔާސީ ބަހުސްގައި މިރޭ ގިނިކަންޔާ ރައީސް ޔާމީން ބަހުސް ކުރައްވާނެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ލައިވް ކުރާ މި ބަހުސްގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައިވެރިވެވަޑައި ނުގެންނަވައެވެ. އިބޫ ބަހުސްގައި ބައިވެރި ނުވާން ނިންމީ ރާއްޖޭގެ އެންމެ ގިނަ މީހުން ބަލާ ރާއްޖެ ޓީވީގެ ބަހުސްގައި ރައިސް ޔާމީން ބައިވެރިވެވަޑައިނުގެންނެވުމުންނެވެ.

ރައީސް ވަނީ ވަގުތު ދެވެން ނެތްކަމަށް ވިދާޅުވެ ރާއްޖެޓީވީ ބަހުސްގައި ބައިވެރިވެވަޑައި ނުގަންނަވާނެކަން ހާމަ ކުރައްވާފައެވެ.

ދައުލަތުގެ މީޑިއާ ސަަރުކާރު ކޮޅަށް ޖެހި ނިމިފައިވާއިރު ފަހަކަށް އައިސް ޕީއެސްއެމްއިން އިބޫއަށް އެންޓި ކެމްޕެއިން ކުރާކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

މިރޭގެ ބަހުސްގައި ރައީސް ޔާމީން އެކަނި ވާހަކަދައްކަވާތީ މިއީ ބަހުސެއްތޯ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.