ޖުމުހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި އެޕާޓީގެ ލީޑަރ، ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ އައްޑުއަށް ވަޑައިގެންނެވުމުން އެކަމަނާއަށް އައްޑޫން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމްގެ ފަރާތްޕުޅުން ރިޔާސީ އިންތިޚާބަށް، އިބޫ ސޯލިހަށް ތާއީދު ހޯއްދެވުމުގެ ގޮތުން އައިޝާ އައްޑުއަށް ކުރައްވާ މިދަތުރުގައި ފޭދޫ ޖޭޕީ މައި ޖަގަހަ ހުޅުވުމާއި ހުޅުމީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުން ހިމެނެއެވެ.
މީގެ އިތުރުން އައިޝާގެ ފަރާތުން އައްޑޫގެ އިއްތިހާދުގެ ސަޕޯޓަރުންނަށް އަރުވާ ޚާއްސަ ފަރިކޮޅުއްވުމެއް މިރޭ ހިތަދޫ، ޖޭޕީ މައި ޖަގަހައިގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.