Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

ފޭދޫ ޖޭޕީ ޖަގަހަ އައިޝާ ހުޅުއްވައިދެއްވައިފި

ޖުމުހޫރީ ޕާޓީގެ އައްޑޫ ސިޓީ ފޭދޫ ޖަގަހަ ރަސްމީ ގޮތެއްގައި މިއަދު އެޕާޓީގެ ކައުންސިލް މެމްބަރ އަދި ޕާޓީގެ ލީޑަރ، ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ހުޅުއްވައި ދެއްވައިފިއެވެ.

އައިޝާ މިހާރު އިދިކޮޅު އައްޑޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އައްޑޫ ސިޓީގެ ހުޅުމީދޫ އަވަށަށް ވަޑައިގެން، އެވަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައެވެ.

މީގެ އިތުރުން އައިޝާގެ ފަރާތުން އައްޑޫ ސިޓީގެ އިއްތިހާދުގެ ހުރިހާ ސަޕޯޓަރުންނަށް އަމާޒުކޮށް ބާއްވާ ފަރިކޮޅުއްވުމެއް މިރޭ 21:00 ގައި ހިތަދޫ ޖޭޕީ މައި ޖަގަހައިގައި ކުރިއަށް ދާނެއެވެ.

މިއަދު ހެނދުނު އައިޝާ އައްޑުއަށް ވަޑައިގަތުމުން ޖޭޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އައިޝާގެ އިސްތިގުބާލުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް މަރުހަބާ ކިޔާފައެވެ.