Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ޕީޕީއެމް "ސައިޒު" ދައްކަން ބާއްވާ ޖަލްސާއަށް އައްޑޫ މީހުން އުފުއްލަން ފަށައިފި

މޯލްޑިވިުއަންގެ ބޮޑު ފްލައިޓު މިއަދު ގަމުގެ ވައިގެ ބަނދަރުގައި، ޖަލްސާއަށް ދާމީހުން އުފުއްލުމަށް އިތުރު ދަތުރެއް އެޅުމަށް ވަނީ ޝެޑިއުލް ކޮށްފައި

މާދަމާ ރޭ ޕީޕީއެމް ސައިޒު ދައްކާލުމަށް ބާއްވާ ޖަލްސާއަށް އައްޑޫން މީހުން ގެންދަން ފަށައިފިއެވެ.

މާދަމާ ރޭގެ ޖަލްސާއަށް މިއަދު މޯލްޑިވިއަންގެ ބޮޑު ފްލައިޓުން މީހުން ގެންގޮސްފައިވާ އިރު އިތުރު ބޮޑު ފްލައިޓެއް މިއަދު އަނެއްކާވެސް އައްޑޫއަށް އައުމަށް ވަނީ ޝެޑިއުލްކޮށްފައެވެ.

ރާއްޖޭގެ އެކި ކަންކޮޅު ތަކުން ޖަލްސާއަށް މީހުން މާލެ ގެންދިއުމަށް މަސައްކަތްކުރާއިރު އައިލެންޑު އޭވިއޭޝަންގެ ފްލައިޓުތަކަށް ވަނީ ބާރު ބޮޑުވެފައެވެ. އެގޮތުން ކާޑެއްދޫންވެސް 11 ފްލައިޓު ބާއްވަން ވަނީ ޝެޑިއުލް ކޮށްފައެވެ.

ޕީޕީއެމް ސައިޒު ދައްކަން އަތޮޅު ތަކުން މާލެ މީހުން ގެންދާއިރު ދާދި ފަހުން ރައީސް އަބްދުﷲ ޔާމީން އައްޑޫއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނަށް މަރުހަބާ ކިޔާފައިވަނީ މަދު ބައެކެވެ. އެކަމާއި އެމަނިކުފާން ހިތް ހަމަނުޖެހި ވަޑައިގެން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.