23 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓު ލިބޭ އަދަދު އަންގާރަ ދުވަހުގެ ރޭ ޕީޕީއެމުން ބާއްވާ ބޮޑު ޖަލްސާއިން އެނގިގެން ދާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ޔާމީނަށް ވޯޓުދޭން ތިބި އެންމެން ފްލައިޓްތަކުގަ އާއި ބޯޓުފަހަރު ތަކުގައި އަދި ލޯންޗުތަކުގައި ދަނީ މާލެ އަރުވަމުން ކަމަށް ވިދާޅުވެފައިވެއެވެ.
23Sep ga nagaa votega Yameen ah vote libey adhadhu maadhamaarey fennaane.Raajjeyge hurihaa rashehga Yameen ah vote dheyn thibi enmen flight thakuga,boatufaharuga,dhoani thakuga adhi launch thakuga Male’ ah dhanee aruvamun.
Iraadhakureviyya alhugandumenge size 23Sep ga dhakkaanan pic.twitter.com/C1V7fA4aEU
— Ahmed Mahloof (@AhmedMahloof) September 17, 2018
"23 ސެޕްޓެމްބަރުގައި ނަގާ ވޯޓުގައި ޔާމީނަށް ވޯޓު ލިބޭ އަދަދު މާދަމާ ރޭ ފެންނާނެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ޔާމީންއަށް ވޯޓުދޭން ތިބި އެންމެން ފްލައިޓް ތަކުގައިި ބޯޓްފަހަރުގައި ދޯނިތަކުގަ އަދި ލޯންޗު ތަކުގައި މާލެއަށް ދަނީ އަރުވަމުން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ސައިޒް 23 ސެޕްޓެމްބަރުގަ ދައްކާނަން." މަހްލޫފް ވިދާޅުވިއެވެ.
އަންގާރަ ދުވަހުގެ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމްގެ ސައިޒް ދައްކާލާ ޖަލްސާއަށް ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން ދަނީ މާލެ ގެންދަމުންނެވެ.