Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

އަލަށް އުފެއްދި ވަޒީފާތައް މިމަހުގެ ނިޔަލަށް އުވާލުމަށް ރައީސް އޮފީހުން އަންގައިފި

ރައީސް ޔާމީން ފުވައްމުލަކުގައި ބައެއް ޒުވާނުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވަނީ، ގިނަ ވަޒީފާތައް އުވާލުމަށް ރައީސް ވަނީ އަންގަވާފައި، ފޮޓޯ: ރައީސް އޮފީސް

މިއަހަރުގެ ޖުލައި މަހުގެ ފަހުން އުފައްދާފައިވާ ވަޒީފާތައް މި ހިނގާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އުވާލުމަށް ރައީސް އޮފީހުން އަންގައިފިއެވެ.

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މޫސާ ފަތުހީ ސޮއިކުރައްވައި ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ 2018 ޖުލައި މަހުގެ ފަހުން އުފައްދާފައިވާ ވަޒީފާތައް 2018 ސެޕްޓެމްބަރު މަހުގެ ނިޔަލަށް އުވާލުމަށް ރައީސުލް ޖުމްހުރިއްޔާ އަންގަވާފައިވާ ކަމަށެވެ.

އެހެންކަމުން 2019 ވަނަ އަހަރުގެ ބަޖެޓުގައި މި މުއްދަތުގެ ތެރޭގައި އުފައްދާފައިވާ ވަޒީފާތަކުގެ މުސާރަ އާއި އިނާޔަތްތައް ނުހިމެނުމަށެވެ.

ރައީސް އޮފީހުން މިގޮތަށް ފިނޭންސްއަށް އަންގާފައިވާ އިރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 90 ހާހަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވާ ކަމަށް އެމަނިކުފާން ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުން މިގޮތަށް އަންގާފައިވާ އިރު ފަހަކަށް އައިސް ބައެއް ރަށްރަށުގައި ސަތުކާރުން ދަނީ ޕާޓީއަށް ތާއިދު ކުރާ ފަރާތްތަކަށް ވަޒީފާ ހަމަޖައްސަމުންނެވެ. އެގޮތުން ކޯޑިނޭޓަރުންނާއި ބައެއް ސިޔާސީ މަގާމުތައް ވަނީ އުފައްދާފައެވެ.