ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 104،048 ވަޒީފާ އުފައްދާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ދެހާސްތޭރަ ވަނަ އަހަރު، ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އާންމު ކުރެއްވި ޒުވާނުންގެ މެނިފެސްޓޯގައި ވަނީ ފަސް އަހަރުގެ ތެރޭގައި މަދުވެގެން 94،000 ވަޒީފާގެ ފުރުސަތު ތަނަވަސް ވެގެންދާނެ ކަމަށް ބަޔާންކޮށްފައެވެ
ޔޫތު މިނިސްޓްރީން ވަނީ، 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން އުފެއްދި ވަޒީފާތަކުގެ ތަފާސް ހިސާބު އާންމުކޮށްފައެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި ސަރުކާރުން ވަނީ 104،048 ވަޒީފާ އުފައްދާފައެވެ.
އޭގެ ތެރޭގައި އެކި ދާއިރާތަކުން އުފެދިގެން ގޮސްފައިވާ ވަޒީފާ ހިމެނެއެވެ. އިގްތިސާދީ ދާއިރާއިން އުފެއްދިގެން ދިޔަ 47،267 ވަޒީފާ އާއި ފަތުރުވެރިކަމުގެ ދާއިރާއިން 15،274 ވަޒީފާ ހިމެނޭ ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ. ސަރުކާރާއި އަމިއްލަ ކުންފުނިތަކުން 8864 ވަޒީފާ އުފެދިގެން ދިޔައިރު މަސްވެރިކަމާއި ދަނޑުވެރިކަމުން 6480 ވަޒީފާ އުފެދުނު ކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.
ޔޫތު މިނިސްޓްރީން ހާމަކުރި ގޮތުގައި އެ މުއްދަތުގެ ތެރޭގައި ސަރުކާރުން ހިންގި ބޮޑެތި މަޝްރޫއުތަކުން 13،150 ވަޒީފާ އުފެދިފައިވެއެވެ. އޭގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތަރައްގީއާއެކު އުފެދުނު 10،250 ވަޒީފާ ހިމެނޭ ކަމަށްގެސް ޔޫތު މިނިސްޓްރީން ބުނެއެވެ.
އޭގެ އިތުރުން ސިވިލްސާވިސް ކޮމިޝަނުން 9864 ވަޒީފާ އުފައްދާފައިވާ ކަމަށްވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.