Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ދައުރުކުރާ ސިޓީ އަކީ "ފޭކް" ސިޓީއެއް: ތަރުޖަމާނު

ފޮޓޯ:ރާއްޖެއެމްވީ

މިއަހަރުގެ ޖުލައިން ސެޕްޓެމްބަރަށް އަލަށް އުފެއްދި ވަޒީފާއާއި، ޖެނުއަރީ މަހު 65 ފުރޭ މީހުުންނަށް ދެވޭ އެލެވަންސް އަންނަ އަހަރުގެ ބަޖެޓުގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.

މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ރައްޔިތުންނަށް އޮޅުވާލުމަށް، އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ފިނޑި، ދަށު ދަރަޖައިގެ މާޔޫސީ އަމަލެއް ކަމަަށެވެ.

"މީސް މީޑިއާގައި ދައުރުކުރާ މި ސިޓީ އަކީ ފޭކް ސިޓީއެއް! ސިޓީގެ ނަންބަރަކީ ރައީސް އޮފީހުގެ ނަންބަރެއް ނޫން. ނަންބަރު 88 ބޭނުން ކުރަނީ ޓޫރިޒަމް މިނިސްޓްރީގެ ސިޓީތަކުގައި. މިއީ ރައްޔިތުންނަށް އޮޅުވާލުމަށް، އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ފިނޑި، ދަށު ދަރަޖައިގެ މާޔޫސީ އަމަލެއް" މުއާޒް ވިދާޅުވިއެެވެ.

ދައުރުވަމުން ދާ ސިޓީގައި ބުނެފައިވަނީ މި އަހަރުގެ ޖުލައިން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް އަލަށް އުފައްދާ ވަޒީފާތަކުގެ މުސާރައާއި އިނާޔާތްތައް އެ މަގާމެއް އުފެއްދި ތާރީހުން ފެށިގެން މިމަހުގެ ނިޔަލަށް ހަމަޖައްސަވަމުން ގެންދެވުމަށާއި، އެ ތާރީހުގެ ފަހުން އެ މަގާމުތައް އުވާލުމަށް ހަމަޖައްސަވާފައިވާތީ އަންނަ އަހަރުގެ ބަޖެޓް ހެއްދެވުމުގައި އެ މަގާމުގެ މުސާރަތައް ނުހިމެނުއްވުމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

އަދި ރިޓަޔާކުރާ އުމުރު 70 އަހަރަށް ބަދަލުކުރުމަށް ރައީސް ނިންމަވާފައިވާތީ އަންނަ އަހަރުގެ ބަޖެޓުގައި ޖެނުއަރީ އަށް 65 އަހަރު ފުރި 70 އަހަރު ނުފުރޭ މީހުންނަށް ދެވޭ އެލެވަންސް ނުހިމެނެއްވުމަށް ދެންނެވުމަށް ވެސް ރައީސް ވިދާޅުވެފައިވާކަމަށެވެ.