Last Updated: June 10, 18:05
Wednesday, June 10, 2026
ޚަބަރު

ފައިސަލް ލ. އަތޮޅަށް ވަޑައިގެންފި

ފައިސަލް ކައްދޫގައި އިދިކޮޅު ސަޕޯޓަރުންނާއެކު: ފޮޓޯ - އެމްޑީޕީ ޓްވިޓާ

ގުޅިފައިވާ އިދިިކޮޅު އިއްތިހާދުގެ ރަނިންމޭޓް، ފައިސަލް ނަސީމް ކެމްޕޭނަށް މިއަދު ލ. ކައްދުއަށް ވަޑައިގެންފައެވެ.

އިބޫ އާއި ފައިސަލް ވަނީ މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ރައްޔިތުންނާ ބައްދަލުކުރުމުން ވަރަށް ބޮޑު ތާއީދެއް އިދިކޮޅު ފަރާތްތަކަށް ކަށަވަރު ވެފައިވާ ކަމަށެވެ.

އަދި ގިނަ ރައްޔިތުން އެދެނީ މިސަރުކާރު ބަދަލުވުމަށާއި އިންތިޚާބު ގުޅިފައިވާ އިދިކޮޅު އިއްތިހާދަށް ފަސޭހަކަމާއެކު ކާމިޔާބު ކުރެވިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.